އއ. މާޅޮސް، އޯކިޑުމާގެ، އަބްދުއް ރަހްމާން އާދަމް (65އ)ގެ މަރުގެ މައްސަލައިގައި ބައެއް މީހުންގެ ފޯނާއި އަންނައުނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ބައެއް މީހުންގެ ގެ ވަނީ ބަލައިފާސްކޮށްފައެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއްގެ އަންނައުނާއި ބައެއް މީހުންގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އަބްދުއްރަހްމާން މަރުވީ އޭނާ ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.