ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ޖަވާބުދާރީ ނުވާތީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ ޕާލިމަންޓަރީ ގްރޫޕުގެ ފަރާތުން ދިވެހިރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުއަށް ސިޓީއެއް ފޮނުވައިފިއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން ފޮނުވި ސިޓީގައި ސަރުކާރުގެ މަސައްކަތްތަކާއި ރައްޔިތުންނަށް ވެވިފައިވާ ވައުދުތަކުގެ އިތުރުން ޤާނޫނު އަސާސީގައި ކަނޑއަޅާފައިވާ ކަންކަމާއި މިއަހަރަށޤ ލަފާކޮށޤ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު ތަންފީޒުކުރުމަށް މަސައްކަތް ކުރެވެމުންދާ މިންވަރު ބެލުމަށް ވަޒީރުންނާއި ސުވާލުކުރުމަށް ހުށަހަޅާފައިވާކަމަށެވެ.
އެހެންނަމަވެސް މިކަންކަމަށް ޖަވާބުދާރީނުވެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވާޖިބުތަކަށް ހުރަސްއަޅަމުންދާކަމުގައި ޕީޖީ ގްރޫޕުން ފާހަގަކޮށްފައިވެއެވެ.
ހަމައެއާއިއެކު އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ވަޒީރުން އައްޔަންކުރުމާއި، ވަކިކުރުމާއި ވަޒީރުންނަށް ފިޔަވަޅު އެޅުމުގެ ބާރު ރައީސަށް ލިބިފައިވުމުން، ވަޒީރުންގެ މައްޗަށް ލާޒިމުވެގެންވާ މަސްއޫލިއްޔަތުތައް އަދާނުކުރެވޭނަމަ މިބޭފުޅުންގެ މައްޗަށް ފިޔަވަޅު އެޅުން ލާޒިމްވެގެންވަނީވެސް ރައީސް މައްޗަށް ކަމުގައި ބުނެފައެވެ. އެހެންކަމުން ވަޒީރުންނަށް ޤާނޫނު އަސާސީގައި ވާގޮތުގެ މަތިން މަޖިލީހުގެ މެމްބަރުންނަށް ޖަވާބުދާރީވުމަށް އެންގެވުމަށް ޕީޖީ ގުރޫޕް އިން ވަނީ ރައީސްގެ އަރިހުގައި އެދިފައެވެ.