ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިންމައި، މެމްބަރުން މިއަދު ޗުއްޓީއަށް ހިނގައްޖެއެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން މަޖިލީހުގެ މަސައްކަތްތައް ބެހިފައިވަނީ ކޮންމެ އަހަރެއްގައި ވެސް ތިން ދައުރަކަށެވެ.
ފުރަތަމަ ދައުރު ހިނގަނީ ފެބްރުއަރީ އެކަކުން ފެށިގެން މެއި 15، އަށެވެ. ދެވަނަ ދައުރު ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު 15، އަށް ނިމޭއިރު ތިންވަނަ ދައުރު ފަށަނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު އެވެ. އަދި އެ ދައުރު ނިމޭނީ ނޮވެމްބަރު މަހުގެ ފަހު ދުވަހު އެވެ.
މަޖިލީހުގެ ދެވަނަ ދައުރު މިދިޔަ ހަފްތާއަށް ހަމަވާން އޮތަސް، މުހިންމު މަސައްކަތްތަކެއް ނުނިމޭތީ، އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ދައުރު އޮތީ ދަންމާލައިފަ އެވެ.
ނަމަވެސް، މިއަދުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިއީ މި ދައުރުގެ ފަހު ޖަލްސާ ކަމަށް އިއުލާނުކުރައްވައިފަ އެވެ.