ރައީސުލްޖުމްހޫރިއްޔާ ވައްލައަކީ ކުޑަހުވަދޫގެ ބައެއްގޮތުގައި ހަމަޖެއްސުން - - ފޮޓޯ: ރައީސް އޮފީސް

ވައްލައަކީ ދ. ކުޑަހުވަދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިފި

އާއިޝަތު އަނާ ރަޝީދު
 
4 ގަޑިއިރު ކުރިން

ދ. ވައްލައަކީ ދ. ކުޑަހުވަދޫގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ދ. ވައްލައަކީ އިޤްތިސާދަސް ފައިދާވާ މަސައްކަތްތައް ކުރުމަށް ހާއްސަކޮށްފައިވާ ރަށަކަށް ހަދައި، ކުޑަހުވަދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މިރޭގެ ވަގުތެއްގައެވެ.

މިފަދައިން ރައީސް ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2025/21 ގެ ދަށުން، ލާމަރުކަޒީ ޤާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ. މިއީ ރައީސް މުޢިއްޒު، 2025 މާރިޗް 5 ގައި ކުޑަހުވަދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދެއް ފުއްދެވުމެވެ.

މި ނިންމެވުމާއެކު، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް ބަދަލުގެނެސް، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 އަށް ގެނެވުނު އިސްލާހެކެވެ.