ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެމްބަރު، އަހުމަދު އަޒާން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށާއި އަދި 241 ކޮމިޓީއަށް އަލުން ލައިފިއެވެ.
މިދިޔަ އޭޕްރިލް މަހު މިކޮމިޓީއިން އަޒާން ވަކިކޮށް އޭނާ ހިމެނިވަޑައިގެންނެވީ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއާއި އިމްތިޔާޒް ކޮމިޓީގައެވެ.
މިބަދަލު ގެނައުމަށް ޕީއެންސީގެ މެމްބަރުން ނިންމަވާފައިވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ގާނޫނަށް ގެންނަ ބަދަލާ ގުޅިގެން ޕީޖީން ނެރުނު ވިޕްލައިންއާ އަޒާން ހިލާފުވުމާއި ގުޅިގެންނެވެ.
މަޖިލީހުގެ 241 ކޮމިޓީއަށް އަޒާން ލާފައި ވަނީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލްގެ ބަދަލުގައެވެ. އަދި މާލިއްޔަތު ކޮމިޓީން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނުގެ ބަދަލުގައި އަޒާން ވަނީ ކޮމިޓީގައި ހިމަނާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ވިޕްލައިންއާ ހިލާފުވުމާ ގުޅިގެން އަޒާން ޕީއެންސީގެ ޕީޖީ ރަސްމީ ވަޓްސްއެޕް ގްރޫޕުން ވެސް ބޭރުކޮށްފައިވެއެވެ. ނަމަވެސް ފަހަކަށް އައިސް އަޒާންއާއި ސަރުކާރާ ދެމެދު އޮތް ގުޅުން ރަނގަޅުވަމުންދާ ކަމަށް މައުލޫމާތިފައިބެއެވެ