މިއަހަރު ތެރޭގައި ސޮވެރިން ފަންޑަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފި

ނާއިފް ހަލީމް
 
15 ދުވަސް ކުރިން

މިއަހަރު ތެރޭގައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު އެއް ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓެއްގައިވާ ގޮތުން ޖުލައި މަހުގެ ނިޔަލަށް، އެސްޑީއެފަށް ވަނީ 1.18 ބިލިއަން ރުފިޔާ ޖަމާކޮށްފަ އެވެ. ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި އެސްޑީއެފަށް ޖަމާކޮށްފައިވަނީ، 783.8 މިލިއަން ރުފިޔާއެވެ.

އެ ރިޕޯޓުގައިވާ ގޮތުން އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި ދެއްކުމަށް މި އަހަރުގެ ފުރަތަމަ ހަތް މަހުގެ ތެރޭގައި، 3.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ރިޕޯޓުގައި ބުނީ ދަރަނި ދެއްކުމަށް އެހާބޮޑު ހޭދައެއް ކުރަން ޖެހުނު ނަމަވެސް ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރުމުގެ ސަބަބުން، ބަޖެޓު އަރަނީގައި ދަމަހައްޓަމުން އައި އައުން ވަނީ ހަތް ވަނަ މަހަށް ދަންމާލައިފައި ކަމަށެވެ: