އިކޮނޮމިކް މިނިސްޓަރ ސައީދު - - ފޮޓޯ: މިނިސްޓްރީ

އިމްޕޯޓާއި ގުޅޭ ޚިދުމަތްތައް ފޯރުކޮށްދޭ ‘ޓްރޭޑިއަން’ ބޭނުންކުރަން ފަށައިފި

އާއިޝަތު އަނާ ރަޝީދު
 
16 ދުވަސް ކުރިން

‎މިއަދުން ފެށިގެން ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި ވަކި ޚިދުމަތްތަކެއް ހޯދެން ހުންނާނީ "ޓްރޭޑިއަން" ޕްލެޓްފޯމް މެދުވެރިކޮށް އެކަނި ކަމަށް އަންގައިފިއެވެ.

މި ނިޒާމަކީ ވިޔަފާރިވެރިންނަށް އެއް ތަނަކުން ހުރިހާ ޚިދުމަތެއް ލިބޭގޮތަށް ތައްޔާރުކޮށްފައިވާ ނިޒާމެއް ކަމަށްވާއިރު، މިއީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު 3 ގައި ތަޢާރަފުކުރެވުނު ޚިދުމަތެކެވެ.

‎އިޤްތިޞާދީ ވުޒާރާއާއި ޓްރޭޑް ނެޓް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ވިޔަފާރީގެ މުޢާމަލާތްތައް ފަސޭހަކަމާއެކު ޒަމާނީ ގޮތަކަށް ބަދަލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އިޤްތިޞާދީ ވުޒާރާއިން ފާހަގަކޮށްފިއެވެ.

‎ޓްރޭޑިއަންގެ ޚިދުމަތް ދޭން ފެށިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި އެހެން ޕްލެޓްފޯމްތަކުން ވެސް ޚިދުމަތް ލިބޭގޮތަށް ހަމަޖެހިފައިވީ ނަމަވެސް، މިހާރު ވަކި ޚިދުމަތްތަކެއް ލިބެން ހުންނާނީ ހަމައެކަނި ޓްރޭޑިއަން މެދުވެރިކޮށެވެ. މީގެ ތެރޭގައި ބޭރަށް ދަތުރުކުރާ އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމާއި، އުޅަނދުފަހަރުގެ އެރައިވަލް އަދި ޑިޕާޗަރ ޓައިމިންގ، މެނިފެސްޓް ހުށަހެޅުމާއި، އިމްޕޯޓް އެކްސްޕޯޓާ ގުޅޭ ބައެއް ހުއްދަތަކާއި ލައިސަންސްތައް ހިމެނެއެވެ. މި ޚިދުމަތްތައް ބޭނުންކުރެވޭނީ ޓްރޭޑިއަންގައި ރަޖިސްޓަރީ ކުރުމަށްފަހުގައެވެ.