ވޭޕު ކޮށްގެން ޖޫރިމަނާ ކުރުން

އެއްމަސްތެރޭ ވޭޕު ޖޫރިމަނާއިން 127،000ރ ދައުލަތަށް

މުހައްމަދު ހަމީޒް
 
17 ދުވަސް ކުރިން

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން 22 މީހަކު މިދިޔަ ޖުލައި މަހު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިދިޔަ މަހު ވޭޕާއި ގުޅޭ ތަފާތު 15 މައްސަލައެއްގައި 22 މީހަކު ޖޫރިމަނާކުރީ 127،000ރ. އިން ކަމަށެވެ.

އޭގެ ތެރެއިން 62،000ރ. އަކީ ވޭޕް ބޭނުންކޮށްގެން އަދި 7،000ރ. އަކީ ވޭޕް ވިއްކައިގެން ޖޫރިމަނާ ކުރެވުނު އަދަދު ކަމަށް ފުލުހުން ބުންޏެވެ. އެ އިދާރާއިން އިތުރަށް ބުނީ ވޭޕް ގެންގުޅެގެން ޖުރީމަނާކުރި އަދަދަކީ 58،000ރ. އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާއެކު ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކަށް 5،000ރ. ގެ ޖޫރިމަނާއެއް އަންނާނެ އެވެ.

މީގެއިތުރުން ވޭޕް ވިއްކައިފި މީހަކު ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް ވެސް ގާނޫނުގެ ދަށުން އަންނާނެ އެވެ.