ދިވެހި ފުލުހުންގެ ހިދުމަތުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޖަޕާނު ސަރުކާރުން ފުލުހުންނަަށް ފަސް ލޯންޗު ހަދިޔާކޮށްފިއެވެ.
މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމީޔާތެއްގައި، ރަސްމީކޮށް ލޯންޗުތައް ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އިޝިގީމީ ރުމީކޯއެވެ. އެ ލޯންޗުތަކާ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ.
މި ލޯންޗޫ ތަކުގައި ފަރުމާކޮށްފައިވަނީ ދިވެހި ފުލުހުންގެ ލޯގޯ ޖަހައި، ފުލުހުންގެ މަސައްކަތްތަކަށް ބޭނުންވާ އާލާތްތައް ހަރުކޮށް ފުލުހުންނަށް ބޭނުންކުރެވޭ ގޮތަށެވެ.
މިއަދުގެ ރަސްމިއްޔާތު ނިމުމުން ކޮމިޝަނާ އޮފް ޕޮލިސް ނަވީނާއި ސަފީރު ރުމީކޯވަނީ ލޯންޗުތަކަށް އަރާވަޑައިގެން އެ ލޯންޗުތައް ބައްލަވައިލައްވާފައެވެ.