ހަމަނުޖެހުމަށް ހިތްވަރު ދިން ކަމަށް ބުނެ ހައްޔަރުކުރި ޒުވާނާ ކޯޓުން ދޫކޮށްލައިފި އެވެ.
އައްޑު އަތޮޅު ހިތަދޫއަށް ނިސްބަތް ވެވަޑައިގަންނަވާ އާނިމް ހައްޔަރުކުރީ މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ ފަރާތްތަކުން ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގެ މަންސައެއް ކަމަށްވާ އެކްސް ގައި ޕޯސްޓްތަކެއް ކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައެވެ.
ނަމަވެސް ފުލުހުން ދެންމެ ބުނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފައިވާ ކަމަށެވެ.