މާލޭގެ މަގުތަކުން 200 އަށްވުރެ ގިނަ އުޅަނދު ޓޯކުރުން -- ފޮޓޯ: ގޫގުލް

މާލޭގެ މަގުތަކުން 200 އަށްވުރެ ގިނަ އުޅަނދު ޓޯކޮށްފި

މުހައްމަދު ހަމީޒް
 
5 ދުވަސް ކުރިން

މާލޭގެ މަގުތަކުގައި އާންމުންނަށް ދަތިވާގޮތަށް، ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިއްޔެ އެކަނިވެސް 200އަށްވުރެ ގިނަ އުޅަނދު ނަގާފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، އިއްޔި ނަގާފައިވާ ޖުމްލަ 208 އުޅަނދުގެ ތެރޭގައި ހިމެނެނީ 168 ދެފުރޮޅުލީ އުޅަނދާއި 40 ހަތަރުފުރޮޅުލީ އުޅަނދެވެ. މިއީ ދިގު މުއްދަތެއް ވަންދެން އާންމުންނަށް ދަތިވާގޮތަށް އެއްވެސް ގޮތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތަކެވެ.

މާލޭގެ މަގުތަކުގެ ދެފަރާތުގައި ގަވާއިދާ ޚިލާފަށް ގިނަ އުޅަނދުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާންޖެހޭކަމަށް ފުލުހުން ފާހަގަކުރެއެވެ. އަދި އިތުރުވަމުންދާ އުޅަނދުތަކާއެކު ކުރިމަތިވަމުންދާ ޕާކިން މައްސަލަ، މިފަދައިން ހުރި ދުވަސްވީ އުޅަނދުތަކާއެކު އިތުރަށް ގޯސްވަމުންދާކަން ފާހަގަކޮށްފައިވެއެވެ.