ބިދޭސީ މަސައްކަތްތެރިން -- ފޮޓޯ: ގޫގުލް

ބިދޭސީންނަށް ހާއްސަކޮށްގެން ހެލްތު ކޭމްޕް ހިންގަދޭނެ ފަރާތެއް ހޯދަނީ

އާއިޝަތު އަނާ ރަޝީދު
 
5 ދުވަސް ކުރިން

ރައްޖޭގެ 10 ރަށެއްގައި ބިދޭސީންނަށް ހާއްސަކޮށްގެން ހެލްތު ކޭމްޕްތަކެއް ހިންގަ ދޭނެ ފަރާތްތަކެއް ހޯދުމަށް ހެލްތް އޭޖެންސީ ޕްރޮޓެކްޝަން (އެޗްޕީއޭ) އިން ވަނީ އިއުލާންކޮށްފައެވެ.

ދިވެހިރާއްޖޭގެ މަސައްކަތާއި ގުޅޭ އެކި ދާއިރާތަކުގައި ގިނަ ބިދޭސީންތަކެއް މަސައްކަތް ކުރަމުންދާއިރު، މިއީ ދިވެހިރާއްޖޭގެ ޖުމްލަ އާބާދީގެ ތިންބައިކުޅަ އެއްބައެވެ. ހާއްސަކޮށް އިމާރާތްކުރުމުގެ މަސައްކަތު ދާއޮރާގައި މިއާބާދީގެ 88% ބިދޭސީން މަސައްކަތްކުރާކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، މިފަރާތްތަކުގެ ސިއްހީ ހިދުމަތްތައް ލިބިގަތުމާއި، ސިއްހީ ގޮތުން ބަލަންޖެހޭ މުހިންމު ކަންކަން އަދި މިހާތަނަށް ބެލިފައިނުޥާ ކަން ފާހަގަކުރެވެއެވެ.

އެގޮތުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ކުރެވިފައިވާ އިއުލާނަށް، އަންދާސީ ހިސާބެއް ލިބިފައިނުވުމާއި ގުޅިގެން އެއިއުލާނު ބާތިލްކޮށް އަލުން ހެލްތު ކޭމްޕް ހިންގަދޭނެ ފަރާތްތައް ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ. މިކޭމްޕްތަކުގެ ޒަރިއްޔާއިން ބިދޭސީ މަސައްކަތްތެރިންނަސް ދިމާވާ ސިއްހީ ގިނަ ކަންކަން ދެނެގަނެވި، އެކަމަށް އެކަށީގެންވާ ފަރުވާތައް ދިނުމާއި އެކު ބަލި ފެތުރުންވެސް ހުއްޓުވިގެންދާނެއެވެ.

މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 10 ރަށަކީ މާލެ ސަރަހައްދުން ހުޅުމާލެ، ވިލިނގިލި، ތިލަފުށި އަދި މާލެއެވެ. މީގެ އިތުރުން ލ. ގަން، ހދ. ކުޅުދުއްފުށި، ގަ. ވިލިނގިލި، ޅ. ނައިފަރުގެ އިތުރުން ސ. ހިތަދޫ އަދި ފުވައްމުލަކު ސިޓީ ވެސް ހިމެނެއެވެ.

މިހާރު ކުރެފިއިވާ އިއުލާނުގައި ޝައުގުވެރިވާ ފަރާތްތަކުން އޯގަސްޓް މަހުގެ 26 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ރެޖިސްޓްޜޭޝަން ފުރިހަމަކޮށް، ހެލްތް މިނިސްޓްރީއަށް މެއިލް ކުރުމަށް އަންގާފައިވެއެވެ.