ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު މުޙައްމަދު އާން ޙުސައިން އައުކޮށްފިއެވެ.
އާން މިރިކޯޑު އައުކޮށްފައިވަނީ 23.81 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އާން މިރިކޯޑު އައުކޮށްފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ މީގެ ކުރިންވެސް މިއިވެންޓްގެ ރިކޯޑް ހަދާފައިވަނީ އާން ކަމެވެ. އެއީ 2024 ވަނަ އަހަރު ޕެރިސް އޮލިމްޕިކް ގޭމްސްގައި ވާދަކޮށް 24.22 ސިކުންތުން މިފެތުން ފުރިހަމަކޮށްގެންނެވެ.
މީގެ އިތުރުން އާން ވަނީ ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކޮށް ގައުމީ ރިކޯޑު އައުކޮށްފައެވެ.