ރާއްޖޭގެ ސްވިމިންގ ޓީމުގައި ހިމެނޭ އާއިޝަތު އުލްޔާ ޝާއިގް ފެތުމުގެ ގައުމީ ރެކޯޑެއް އާކޮށްފިއެވެ.
އޮސްޓްރޭލިއާގައި ކުރިއަށްދިޔަ 2025 ހެންކޮކް ޕްރޮސްޕެކްޓިންގ ވެސްޓަރން އޮސްޓްރޭލިއާ ޝޯރޓްކޯސް ޗެމްޕިއަންޝިޕްސްގައި އުލްޔާ ވަނީ، އަންހެނުންގެ ޝޯރޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓް 00:28.41 އިން ނިންމައިގެން ޤައުމީ ރެކޯޑް އާކޮށްފައެވެ.
އެންމެ ފަހުން މި ރެކޯޑް އާކޮށްފައިވަނީ، އަމްނާ ތަޒްކިޔާ މިރުޞާދު އެވެ. އެއީ، ތައިލެންޑުގައި މިދިޔަ އަހަރު ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯރޓްކޯސް (25މީޓަރު) އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި 00.28.55 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މީގެކުރީން، ޢުލްޔާ ވަނީ މިދިޔަ މާރިޗް މަހާއި ފެބުރުއަރީ މަހުގެ ތެރޭގައި ވެސް ފެތުމުގެ ތިން ޤައުމީ ރެކޯޑެއް އާކޮށްފައެވެ.