ރައީސް މުއިއްޒު އަދި ފީފާގެ ރައީސް ޖިއާނީ -- ފޮޓޯ: ޖުމްލަ ސްޓޫޑިއޯ

ރައީސް މުއިއްޒާއި ފީފާ ރައީސްގެ ހާއްސަ ފުޓްބޯޅަ މެޗެއް މާދަމާ ހަވީރު

މުހައްމަދު ހަމީޒް
 
19 ދުވަސް ކުރިން

އެފްއޭއެމުން ބުނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ފީފާގެ ރައީސްގެ ޝަރަފުގައި ހާއްސަ ފުޓްބޯޅަ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މެޗު އޮންނާނީ މާދަމާ ހަވީރު ގަލޮޅު ދަނޑުގައެވެ. މި މެޗު ބެލުމުގެ ފުރުސަތު ކުޅިވަރަށް ލޯބިކުރާ އެންމެންނަށް ވަނީ ހުޅުވާލައިފައެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހާމަކުރި ގޮތުގައި އިންފަންޓީނޯ މާދަމާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުގައި ރައީސް ޑރ. މުއިއްޒުއާ ބައްދަލު ކުރައްވައި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ރަނގަޅު ކުރުމަށް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.

މިއީ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސްކަމުގެ މަގާމާ އިންފަންޓީނޯ 2015 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.