ރިކާޑީނިއޯ ކްލަބް އެޗްޑީސީ އާއި އެކު ސޮއިކުރުން - - ފޮޓޯ: އެޗްޑީސީ

ދުނިޔޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ ކްލަބް އެޗްޑީސީއަށް!

އާއިޝަތު އަނާ ރަޝީދު
 
1 މަސް ކުރިން

‘އޯ މެޖިކޯ’ ގެ ނަމުން މަޝްހޫރު ބައިނަލްއަގްވާމީ ފުޓްސަލް ކުޅުންތެރިޔެއް ކަމުގައިވާ ރިކާޑީނިއޯ، ދިވެހިރާއްޖޭގެ ކްލަބްތަކުގެ މެދުގައި ބޭއްވޭ އެންމެ ވާދަވެރި ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސްގައި ވަާދަކުރާ ކްލަބް އެޗްޑީސީއާއި ގުޅިއްޖެއެވެ. 

ޕޯޗުގަލް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ ކްލަބް އެޗްޑީސީ އާއި ގުޅި މިއަދު ޖާޒީ ހަވާލުކުރެވިފައިވާއިރު މިއީ ކްލަބް މޯލްޑިވްސް ފަދަ މުބާރާތެއްގައި މިލެވެލްގެ ކުޅުންތެރިއަކު ފެނިގެންދާނެ އެންމެ ފުރަތަމަ ފަހަރެވެ. 

އުމުރުން 39 އަހަރުގެ ރިކާޑިނީއޯ އަކީ ދުނިޔޭގެ އެންމެ މޮޅު ފުޓްސަލް ކުޅުނެތެރިޔާގެ މަގާމު 6 ފަހަރު ހޯދާފައިވާ ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އަދި ހަމައެއާއިއެކު ވަނަ އަހަރު ޕޯޗުގަލްއިން ފީފާ ފުޓްސަލް ވޯލްޑްކަޕުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ޔުއޭފާ ފުޓްސަލްގައި ވެސް މޮޅު ކުޅުމެއް ރިކާޑީނިއޯ ދައްކައިފައިވެއެވެ. 

އަންނަ މަހުގެ 28 ވަނަ ދުވަހު ފެށުމަށް ތައްޔަަރުވަމުންދާ ކްލަބް މޯލްޑިވްސް އިން ރިކާޑިނިއޯ ފަދަ ބައިނަލްއަގްވާމީ ކުޅުންތެރިއަކު ފެނުމަކީ ދިވެޖިރާއްޖޭގެ ފުޓްސަލްއަށް ލިބިގެންދާނެ ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ.