ފަލަސްތީނުގެ މަޝްހޫރު ނޫސްވެރިޔާ ޔޫސުފް އަލް ހިލޫ | ފޮޓޯ: ގޫގުލް

ފަލަސްތީނުގެ ޑިރެކްޓަރ ޔޫސުފްގެ "ދަ ފީނިކްސް އޮފް ގާޒާ" ޑޮކިއުމެންޓްރީ ރާއްޖޭގެ ސިނަމާއަށް

މުހައްމަދު ހަމީޒް
 
1 މަސް ކުރިން

"މުސްލިމާ އެއިޑް އެންޑް އެޑިއުކޭޝަން" ގެ މެމްބަރ ޑރ. ރަނާ އަހްމަދު ހަމީދު ވިދާޅުވި ގޮތުގައި މިއީ ގާޒާ ފަންޑަށް އެހީ ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ކަމެކެވެ. މި ޑޮކިއުމެންޓްރީއަކީ ބައިނަލްއަގްވާމީ އެވޯޑު ލިބިފައިވާ އުފެއްދުމެކެވެ. އަދި މި ޑޮކިއުމެންޓްރީ ޑައިރެކްޓް ކޮށްފައިވަނީ ފަލަސްތީނުގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ޔޫސުފް އަލް ހިލޫއެވެ.

"ދަ ފީނިކްސް އޮފް ގާޒާ" ދެއްކުމަށް ހަމަޖެހިފައިވަނީ:

⏺ އޯގަސްޓު 5 ވަނަ ދުވަހު 20:30 ގައި މާލޭ އޮލިންޕަސް ސިނަމާގައި

⏺ އޯގަސްޓު 7 ވަނަ ދުވަހު 20:30 ގައި އދ. އޮމަދޫގައި

⏺ އޯގަސްޓު 9 ވަނަ ދުވަހު 20:30 ގައި ހުޅުމާލޭ ރެނާޓަސް ސިނަމާގައި


ޑރ. ރަނާ ވިދާޅުވި ގޮތުގައި ޓިކެޓުގެ އަގަކީ 150 ރުފިޔާއެވެ. "ޓިކެޓް މިހާރުވެސް ގަންނަން ލިބޭނެ، މާލޭ އޮލިންޕަސް ކައުންޓަރުންނާއި އަޅުގަނޑުމެންގެ ހޮޓްލައިން ނަންބަރު 7219090 އަދި އަޅުގަނޑުމެންގެ ޕޭޖު 'އައި.އެމް.އޭ.އީ.' ގެ ސޯޝަލް މީޑިއާ އަށް މެސެޖް ކުރެއްވުމުންވެސް ޓިކެޓް ގަންނަން ލިބޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަރަކާތުގައި އދ. އޮމަދޫގެ ތަޛްކީރު ޖަމްއިއްޔާ ޖަމްއިއްޔާއިން ދީލަތި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފާހަގަކުރައްވައި، ޑރ. ރަނާ ވަނީ އެ ޖަމްއިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ޑޮކިއުމެންޓްރީ ދެއްކުމުގެ މައިގަނޑު މަގްސަދަކީ ފަލަސްތީނުގައި ހިނގަމުންދާ ޖަރީމާތަކާމެދު ދިވެހިން އިތުރަށް ހޭލުންތެރިކުރުވުމާއި، ފަލަސްތީނަށް އެހީތެރިވުމަށް ހިތްވަރު ދިނުން ކަމަށް ވިދާޅުވިއެވެ. 

މި ޑޮކިއުމެންޓްރީން ލިބޭ ހުރިހާ އާމްދަނީއެއް ހަދިޔާކުރެވޭނީ ފަލަސްތީނު ފަންޑަށެވެ. މި މަސައްކަތަށް އެހީތެރިވެއްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ބީއެމްއެލް އެކައުންޓު (7770000168313) އަށް އެހީ ފައިސާގެ އެހީ ފޮނުވުމުގެ ފުރުސަތުވަނީ ހުޅުވާލައްވާފައެވެ. ފައިސާ ފޮނުވުމަށްފަހު، (7219090) އަށް ސްލިޕް ވައިބާ ކޮށްލުމަށް އެ ޖަމިއްޔާގެ ފަރާތުން ވަނީ އެދިލައްވަފާއެވެ.