ފަލަސްތީނާއެކު ތިބިކަން ދިވެހީން ދައްކައިފި، އެތައް ހާސް ބަޔަކު އެއްވި -- ފޮޓޯ: ޖުމްލަ

ފަލަސްތީނާއެކު ތިބިކަން ދިވެހީން ދައްކައިފި، އެތައް ހާސް ބަޔަކު އެއްވި

ނާއިފް ހަލީމް
 
7 ދުވަސް ކުރިން

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި މިއަދު މާލޭގައި ބޭއްވި ގައުމީ ބޮޑު އެއްވުމުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެ އަޑު އުފުލައިފިއެވެ.

މިއީ ސުލްހައަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ އެކްޓިވިސްޓުންގެ ޖަމާއަތެއްކަމަށްވާ "ގްލޯބަލް ސުމޫދް ފްލޮޓިއްލާ" ހަރަކާތުގެ ދަށުން ކުރިއަށްގެންދިޔަ އެއްވުމެވެ.

މާފަންނު ސްޓޭޑިއަމްގައި މިއަދު ހަވީރު ބޭއްވި އެއްވުމުގައި ވަނީ ޣައްޒާގައި، އިސްރާއީލުން ހިންގާ ލާއިންސާނީ ގަތުލުއާންމު ހުއްޓައިލަން ގޮވައިލައިފައެވެ. އަދި އިންސާނީ އެހީ ވެއްދުމަށް ޓަކައި އިސްރާއީލުން އަޅައިފައި ހުރަސްތައް މިހާރުން މިހާރަށް ނައްތައިލައި، އެހީ ވެއްދުމުގެ މަގުތައް ހުޅުވައިލަން ވެސް ގޮވައިލައިފައެވެ.


މި ހަރަކާތުގައި ސަރުކާރުގެ ގިނަ ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ފަލަސްތީނަށް ނިސްބަތްވާ ރައްޔިތުންގެ އިތުރުން އެކި އުމުރުފުރައިގެ ދިވެހިން ބައިވެރިވިއެވެ.

އަދި ޝެއިޚުންނާއި، މި ހަރަކާތް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވި ބޭފުޅުން ވަނީ އެކި ޝުއޫރުތައް ފާޅުކުރައްވައި ހަރަކާތުގައި ވާހަކަދައްކަވައިފައެވެ. އެގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަަލީ ސައީދު ވެސް ވަނީ ވާހަކަދައްކަވައިފައެވެ.


މިއަދުގެ މި ހަރަކާތާ ގުޅުވައި ބައެއް ރަށްރަށުގައި ވެސް ވަނީ އެއްވުންތައް ބާއްވައިފައެވެ. މި އެއްވުން ނިންމައިލީ، ޣައްޒާގެ ރައްޔިތުންގެ ސަލާމަތަށް އެދި ކުރި ޚާއްސަ ދުއާއަކުންނެވެ.