ގާޒާއަށް އިންސާނި އެހީތެރިކަން ފޯރުކޮށް ދިނުމަށް ދަތުރުކުރަމުން އަންނަ ބަތަލުން

ސުމޫދު ފްލޮޓިލާ އުޅަނދުތަކަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާދޭން ފަށައިފި

މުހައްމަދު ހަމީޒް
 
1 މަސް ކުރިން

ފަލަސްތީނުގެ ޣައްޒާއަށް އެހީ ހިފައިގެންދާ "ގްލޯބަލް ސުމޫދު ފްލޯޓިލާ"ގެ ބޯޓުތަކަށް އިސްރާއީލް ސިފައިން ހަމަލާދޭން ފަށައިފިއެވެ.

ފްލޮޓީލާއިން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ގޮތް ނޭނގޭ 20 އުޅަނދެއް، ބޯޓުތަކާ ދިމާލަށް ދަތުރުކުރަމުންދާ ކަމަށެވެ. އެ ގޮތް ނޭނގޭ އުޅަނދުތައް އޮތީ ބޯޓުތަކާ ތިން މޭލެއްހާ ކައިރީގައި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ފްލޮޓީލާގެ ބައެއް އުޅަނދުތަކާ މުއާސަލާތުކުރުމުގައި ދަތިތަކާ ކުރިމަތިވެފައިވާ އިރު، އެކަން އެގޮތަށް ވަނީ ސިގްނަލް ޖޭމް ކުރަމުންދާތީ ކަމަށްވެއެވެ.

އެހެން ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލް ސިފައިން ވަނީ ބައެއް ބޯޓުތަކަށް އަރައި، އެ ބޯޓުތަކުގައި ތިބި މީހުންގެ އަތުން ފޯނު ވެސް އަތުލައިފައެވެ.

ބޯޓުތައް ޣައްޒާގައި ބަނދަރު ކުރަން ފުރުސަތު ދިނުމުގެ ވިސްނުމެއް އިސްރާއީލުން ނުގެންގުޅެއެވެ. އިސްރާއީލުން ބޭނުން ވަނީ ބޯޓުތައް ސައިޕްރަސް ނޫނީ އެ ސަރަހައްދުގެ ބަނދަރަކަށް ކައިރި ކުރުމަށް ފަހު، މުދާތައް ބޭލުމަށެވެ. އިސްރާއީލުން ތަކުރާރުކޮށް ބުނަނީ ޣައްޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި އޮތް އޮތުން ދަމަހައްޓާނެ ކަމަށެވެ.