އިސްރާއީލުން އެއްބަސްވުމާ ހިލާފުވެ، ފަލަސްތީނުގެ ޣައްޒާއަށް ރޭ ދިން ވައިގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ 100 އަށްވުރެ މައްޗަށް އަރައިފިއެވެ.
މިއީ ފަލަސްތީނަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރި އަމުރާ ގުޅިގެން ދިން ކުއްލި ގޮތަކަށް ދިން ހަމަލާތަކެެކެވެ.
"ސަލާމަތީ ކަންކަމާ މަޝްވަރާ ކުރުމަށްފަހު، ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ޣައްޒާއަށް ވަގުތުން ވަރުގަދަ ހަމަލާތަކެއް ދިނުމަށް އަސްކަރިއްޔާއަށް އަންގާފައި،" ނަތަންޔާހޫގެ އޮފީހުން ބުންޏެވެ.
އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި މި ހަމަލާތައް ދޭން ޖެހުނީ ޣައްޒާގައި ތިބި އިސްރާއީލް ސިފައިންނަށް އަމާޒުކޮށް ހަމާސް އިން ހަމަލާތަކެއް ދިނުމުންނެވެ. އެގޮތުން، ޣައްޒާގެ ރަފަހް ސަރަހައްދުގައި ތިބި ހަމާސްގެ މުޖާހިދުންތަކެއް އިސްރާޢީލް ސިފައިންނަށް ހަމަލާ ދިނުމުން ރައްދުގައި ސިފައިން ވެސް ހަމަލާ ދިން ކަމަށް އިސްރާއީލުން ބުނެފައިވެއެވެ. ނަމަވެސް ހަމާސް އިން ވަނީ އެއްބަސްވުމާ ހިލާފުނުވާ ކަމަށް ބުނެފައެވެ.
އިޒްރޭލުގެ ހަމަލާތަކަށް އެމެރިކާއިން ވަނީ ފައުޅުގައި މަރުހަބާ ކިޔާފައެވެ. މީގެއިތުރުން އެމެރިކާއިން ބުނީ އަދިވެސް ޓްރަމްޕްގެ އެއްބަސްވުން ކުރިއަށް ދާނެކަމަށެެވެ.