ޕީއެންސީގެ ހުރިހާ މެމްބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް، ބާރަށު ދާއިރާގެ މަޖިލީސް މެމްބަރު ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާ މިހެން ވިދާޅުވީ ރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުންނެވެ. "އަޅުގަނޑުމެން މި ފަށަނީ މާޓީގެ ގުނަވަންތައް ރަނގަޅުކޮށް، ޕާޓީގެ ވެރިކަމެއް ތިބޭފުޅުންނަށް ކޮށްދޭން" ޝުޖާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝުޖާ ވިދާޅުވީ އަޅުގަނޑުމެންގެ ލީޑަރުން އަތޮޅުތެރެއަށް މިދަނީ ތިޔަ ބޭފުޅުން ހިތްހަމަ ޖައްސައިދޭން މައުލޫމާތު އެއްކުރަން ކަމަށެވެ. "އަޅުގަނޑުމެންގެ ޕާޓީގެ މީހަކަށް ވަޒީފާ ނުލިބިއްޖެނަމަ އޮންނަ އުސުލުގެ ތެރެއިން އެމީހަކަށް ވަޒީފާ ލިބިގެންދާނެ، އެއީ ޕާޓީ ވެރިކަން ކުރަން މި އުޅެނީ" ޝުޖާ ވިދާޅުވިއެވެ.
"ކުރިން ޕާޓީގެ ވެރިކަން ނުކުރެވުމުން އާންމު މެމްބަރުން ދިޔައީ އިދިކޮޅަށް، ކުރިން ވެރިކަން ވެއްޓުނީ ކީއްވެތޯ އަހާލުމުން ބުނީ "މެޑަމް" އާއި ހެދި ކަމަށް"
އިތުރަށް ޝުޖާ ވިދާޅުވީ، މިހާރު މެޑަމް ޕާޓީ ހަންގަވަން ނުޅޭނެ ކަމަށާއި، ޕާތީ ހިންގާނި ޕާޓީގެ ރައީސް އާއި ޕާޓީގެ ލީޑާޝިޕް އިން ކަމަށެވެ.