ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު -- ފޮޓޯ/ އަވަސް

ސިޔާސީ މުވައްޒަފުންގެ އަދަދާ ބަޖެޓާ ދިމާނުވޭ: އެމްޑީޕީ

ނާއިފް ހަލީމް
 
14 ގަޑިއިރު ކުރިން

ދައުލަތުގެ ބަޖެޓާ އަޅާ ބަލާއިރު، ސަރުކާރުން އާންމުކުރި ސިޔާސީ މަގާމުތަކުގެ އަދަދު ދިމާނުވާ ކަމަށާއި، ހިސާބު ގޯސް ކަމަށް، މައި އިދިކޮޅު ޕާޓީ އެމްޑީޕީން ބުނެފިއެވެ.

ރޭ ދަންވަރު 12:26 ހާއިރު ރައީސް އޮފީހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މި ވަގުތު 922 މީހުން ސިޔާސީ މަގާމުތަކުގައި އެބަ ތިއްބެވެ. ނަމަވެސް ސަރުކާރުގެ ފުރަތަމަ މަހު އޭރު ބުނެފައިވާ ގޮތުން ނަމަ 700 އަށް ވުރެ ގިނައެއް ނުވާނެއެވެ. އެހެންކަމުން މިއީ ސަރުކާރުން ބުނި ވަރަށް ވުރެ 222 މީހުން އިތުރު އަދަދެކެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު 'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައިވާ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މި ސަރުކާރުން 2،280 ސިޔާސީ މުވައްޒަފުން އައްޔަނުކޮށްފައިވެއެވެ. އޭގެ ފަހުން 248 ސިޔާސީ މުވައްޒަފުން ވަކިކުރި ނަމަ 2،032 މީހުން ތިބޭނެ ކަމަށް އޭނާ އަންދާޒާކުރައްވައެވެ.

"އޭގެ ފަހުން ވެސް އެތައް މުވައްޒަފުންނެއް ނަގައިފި. ސަރުކާރުން މިހާރު މި ބުނާގޮތަށް ބަލާނަމަ، ރައީސް އޮފީހާއި މުލިއާގެއާއި އަދި ހިލާލީގެ އެއްކޮށް 1،100 އަށް ވުރެ ގިނަ މުވައްޒަފުން ތިބޭނެކަމަށް ލަފާކުރެވޭ. 2023 ނިމުނުއިރު މި އަދަދު ހުރީ 409 ގައި،" އަމީރު ލިޔުއްވާފައިވެއެވެ.