ރައީސް މުއިއްޒު އުފައްދަވާފައިވާ ޔޫތް އެޑްވައުޒަރީ ބޯޑު | ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި 922 މުވައްޒަފުން

މުހައްމަދު ހަމީޒް
 
14 ގަޑިއިރު ކުރިން

ސިޔާސީ މަޤާމުތަކަށް މިހާރު ޢައްޔަނު ކުރައްވާފައި ތިއްބެވި މުވައްޒަފުންގެ ޖުމްލަ ޢަދަދަކީ، 922 ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ހާމަކުރައްވައިފި އެވެ.

ސަރުކާރުން ހާމަ ކުރި ގޮތުގައި 

▪ ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން

▪ ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން

▪ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން

▪ ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅުން

▪ ޑިޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން

▪ ޑިޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން

▪ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން

▪ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 08 ބޭފުޅުން

▪ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން

▪ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 04 ބޭފުޅުން

▪ އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 04 ބޭފުޅުން

▪ އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49 ބޭފުޅުން

ސަރުކާރުން ތަކުރާރުކޮށް ގެންދިޔައީ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރާނެކަން މީޑިއާތަކަށް އަންގަމުންނެވެ.