ޑޮލަރުގެ އަގު ކަޅު ބާޒާރުގައި 20ރ އަށް

މުހައްމަދު ހަމީޒް
 
7 ދުވަސް ކުރިން

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށް އަރައިފިއެވެ. މި ދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަން އާންމު ގޮތެއްގައި ދަށް ދުވަސް ވަރެކެވެ. އެހެން ކަމުން ބާޒާރުގައި ޑޮލަރު މަދުވެ، އަގު އުފުލިގެން ދާނެއެވެ.

ޑޮލަރު ރޭޓު މިހާ މަތިވެފައިވާއިރު، ސަރުކާރުން ވަނީ ބީއެމްއެލް މެދުވެރިކޮށް އާންމުންނަށާއި ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށްފަ އެވެ.

އާންމުންނަށް ދޫކުރާ ޑޮލަރުގެ މިންވަރު މަތިކުރީ ބީއެމްއެލްގެ ދިވެހި ރުފިޔާ ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކަށް ފައިސާ ދެއްކޭ ލިމިޓު 500 ޑޮލަރަށް އިތުރުކޮށްދީގެންނެވެ. ވިިޔަފާރިތަކަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރު އިތުރުކުރީ ޓީޓީތަކަށް ދޭ ޑޮލަރު ސަޕޯޓު 30 ޕަސެންޓާ ހަމައަށް ބޮޑުކޮށްގެންނެވެ.

ސަރުކާރުން ވިޔަފާރިތަކަށް ފޯރުކޮށްދޭ ޑޮލަރުން ދެކޮޅު ނުޖެހި، ކަޅު ބާޒާރުން ޑޮލަރު ގަތުމަކީ ވިޔަފާރިތަކަށް މަޖުބޫރުވެފައިވާ ކަމަކަށް ވާއިރު، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެގެންދާނެ ކަމުގެ ބިރުވަނީ އުފެދިފައެވެ.