ރާއްޖޭގެ ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 އަށް ވުރެ އިތުރުވެ 20.20 އާއި 20.80 އާ ދެމެދަށް އުފުލިއްޖެއެވެ.
ޑޮލަރު ވިއްކާ އެކި ގްރޫޕުތަކާއި، މީހުން ވަނީ ޑޮލަރުގެ އަގު ބޮޑުކޮށްފައެވެ. މި އަގު. މަތިވިއިރު 20 ރުފިޔާއަށް ޑޮލަރެއްގެ އަގު އެރިތާ އަދި ހަފްތާއެއް ވެސް ނުވެއެވެ.
ޑޮލަރުގެ އަގު މިހާ މަތިވިއިރު ކުރިއަށް އޮތީ ޗުއްޓީ ދުވަަސްވަރެވެ.
ޑޮލަރެއްގެ އަގު ބޮޑުވުމުން އާންމުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. ސަބަބަކީ، ރާއްޖެއަކީ އުފެއްދުންތެރިކަށް ދަށްވުމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އެންމެ ޒަރޫރީ ތަކެތި ވެސް އެތެރެކުރަނީ ބޭރު ގައުމުތަކުންނެވެ. އެ ތަކެތި ގަންނަން ވިޔަފާރިތަކުން ވެސް ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުމުން ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެއެވެ.