ބަޔޯ މެޑިކަލް ސައިންޓިސްޓު، ޑރ. އިބްރާހިމް މުސްތަފާ

ބަޔޯ މެޑިކަލް ސައިންޓިސްޓު، ޑރ. އިބްރާހިމް މުސްތަފާ އަވަހާރަވެއްޖެ

ނާއިފް ހަލީމް
 
7 ދުވަސް ކުރިން

ރާއްޖޭގެ ސިއްހީ ދާއިރާއަށް، ހާއްސަކޮށް ތެލެސީމިއާ ބައްޔާމެދު ހޭލުންތެރިކުރުމަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ޑރ. އިބްރާހިމް މުސްތަފާ ރޭ އަވަހާރަވެއްޖެއެވެ.

މޯލްޑިވްސް ބްލަޑް ސާވިސް އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި، އަދި ފަހުން ޝީގައި ވެސް މަސައްކަތް ކުރެއްވި ޑރ. އިބްރާހިމް އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން، އިންޑިއާގެ ކޯޗިންގަ އެވެ. އަވަހާރަވީ އުމުރުފުޅުން 57 އަހަރުގަ އެވެ.

އޭނާ އަކީ އައްޑުއަށް އުފަން ބަޔޯމެޑިކަލް ރިސާޗް ސައިންޓިސްޓެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ، ޔޫއޭއީގެ ހަޔާ ކޮލެޖް އޮފް ޓެކްނޮލޮޖީގެ ބަޔޯމެޑިކަލް ސައިންސް، އެސިސްޓެންޓް ޕްރޮފެސަރުގެެ މަގާމުގައެވެ. އަދި އާއިލާއާ އެކު އޭނާ ދިރިއުޅުއްވަމުން އައީ ވެސް އެ ގައުމުގައެވެ.

ޑރ. މުސްތަފާ އަވަހާރަވުމާއެކު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.