އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ފަރާތުން ރާއްޖެއިން ބޭރަށް ގެންދިޔަ ބަލި މީހަކު ލަންކާ އެއާޕޯޓުގައި ނިޔާވި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭއީއެޗް އައިސީޔޫގައި އޮތް ޕޭޝަންޓަކު އިމަޖެންސީގައި ނަރުހަކާއެކު އާސަންދައިން އިންޑިއާގެ ކޮޗިން އަށް ފުރުވާލީ 16 ގަޑިއިރު ލަންކާ އެއާޕޯޓުގައި ތިބެންޖެހޭކަން އެނިތިބެ ކަމަށެވެ.
ކޮޗިން އަށް ޗެކިން ފެށުމުގެ ކުރިން ޕޭޝަންޓް ނިޔާވީ ލަންކާ އެއާޕޯޓް ކައިރި ހޮސްޕިޓަލަށް އެކަށީގެންވާ ފަރުވާ ނުލިބި އޮއްވާ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
"ސަރުކާރެއް، އެއާ އެމްބިއުލާންސޭ ބެންކޮކޭ ޑުބާއީއޭ ކިޔައިގެން ރައްޔިތުންނަށް ދޮގާ މަކަރާ ހީލަތުން ވެރިކަން ކުރަން އުޅޭ ބައެއް މީ." އެ ޕޯސްޓުގައި ލިޔެފައިވެއެވެ.
މި މައްސަލައާ ގުޅޭ ގޮތުން އޭއީއެޗްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.