އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް --

އައްޑޫގައި އިންފްލުއެންޒާއާއި އަރިދަފުސް ރޯގާ ފެތުރުން އިތުރުވެެއްޖެ

މަރިޔަމް ސަމްހާ
 
6 ދުވަސް ކުރިން

އައްޑޫ ސިޓީގައި އިންފްލުއެންޒާއާއި އަރިދަފުސް ރޯގާ ފެތުރުން އިތުރުވެއްޖެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ އައްޑޫ ސިޓީގައި އަރިފުސް ރޯގާއާއި އިންފްލުއެންޒާ ފެތުރެމުންދާ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން:

  • އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން.
  • ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން.
  • ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން. ހާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތައް ނުގެންދިއުން.
  • ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުން އަދި އެކުދިން އުރާ ނުހެދުން.
  • ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން.
  • ބަލި ޖެހުމުން، ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން. އަދި ރޯގާޖެހި ހުން އަންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން.

ބަލިވެގެން ޑޮކްޓަރަށް ދައްކަން ދާއިރުވެސް ބަލި މީހާއާއެކު ވީހާވެސް މަދު މީހުން ހޮސްޕިޓަލަށް ދިއުމަށާއި އަދި ބަލި މީހުންނަށް ޒިޔާރަތްކުރާއިރު ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުން ހޮސްޕިޓަލަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.