މިއަހަރު މެއި މަހުގެ ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީ ޕްރޮގްރާމް މެދުވެރިކޮށް ކުރެވިފައިވާ ޚަރަދުތައް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާންމުކޮށްފިއެވެ.
މިއަދު އެކްސް ގައި މައުލޫމާތު ހިއްސާ ކުރިގޮތުން މޭ މަހުގައި ރާއްޖެއިން ބޭރުން ކުރެވުނު ފަރުވާގެ އަދަދަކީ 3،909،573.95ރުފިޔާއެވެ. އަދި ރާއްޖެއިން ފަރުވާކުރުމަށް ޚަރަދުކުރެވިފައިވަނީ 10،327،236.56ރުފިޔާއެވެ.
މުޅި ޖުމްލަ ޚަރަދުކުރެވިފައިވާ އަދަދަކީ 14،236،810.51 ރުފިޔާ ކަމަށް ބުނެފައި ވެއެވެ.
މި ފަހަކަށް އައިސް އެންސްޕާއިން އެހީ ލިބުމުގައި ގިނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ރައްޔިތުން ޝަކުވާކުރަމުންދާކަން ފާހަގަކުރެވެއެވެ.