އެމާޖެންސީކޮށް ޑޮކްޓަރަށް ދައްކަން ގެންދިޔަ ދިވެއްސަކު ނިޔާވެގެން ތަހުގީގު ކުރަނި

މުހައްމަދު ހަމީޒް
 
4 ދުވަސް ކުރިން

އެމާޖެންސީކޮށް އައިޖީއެމްއެޗްއަށް ޑޮކްޓަރަށް ދައްކަން ގެންދިޔަ ދިވެހި ފިރިހެނަކު ނިޔާވެގެން ތަހުގީގުކުރަން ފަށައިފިއެވެ،

ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 10:10 ހާއިރު އެމާޖެންސީކޮށް އައިޖީއެމްއެޗަަށް ގެންދިޔަ 43 އަހަރުގެ އެ މީހާ ހޮސްޕިޓަލުގައި ނިޔާވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަަށެވެ.

އަދި މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.