ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މުވައްޒަފުންގެ ފަރާތުން 'ބްލަޑް ބޭންކް' އަށް ލޭ ހަދިޔާކުރުމަށް މިއަދު ބްލަޑް ކޭމްޕެއް ފަށައިފިއެވެ.
އެޗްޑީސީއާއި މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގުޅިގެން މިއަދު ކުރިއަށްގެންދާ މި ބްލަޑް ކޭމްޕުގެ މަގްސަދަކީ، އެޗްޑީސީ މުވައްޒަފުންގެ ފަރާތުން ބަލްޑް ބޭންކަށް ވީހާވެސް ގިނަ ލޭ ހަދިޔާކުރުމެވެ. އަދި ބަލްޑް ބޭންކަށް ބޭނުންވާ ލޭ ހޯދައިދިނުމަށް އެޗްޑީސީ މުވައްޒަފުންގެ ފަރާތުން އެހީތެރިވުމެވެ.
އެގޮތުން މިއަދުގެ ހެނދުނުން ފެށިގެން ހަވީރަށް ކުރިއަށްގެންދާ މި ބްލަޑް ކޭމްޕަކީ، މެޑިކަލް ޗެކަޕާއެކު އެޗްޑީސީގެ ހުރިހާ ސްޓާފުންނަށް ލޭ ހަދިޔާކުރެވޭ ގޮތަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން، ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް މިއަހަރުގެ ޖެނުއަރީ މަހުވެސް ވަނީ ސްޓާފުންގެ ބަލްޑް ކޭމްޕެއް ބާއްވާފައެވެ. އަދި ކުރިއަށްއޮތްތަނުގައިވެސް ސިލްސިލާކޮށް މިފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމަކީ މި ކޯޕަރޭޝަންގެ އަމާޒެކެވެ.