ހުޅުމާލެ ފޭސް 1 ގައި އެސްޖޭ ކޮންސްޓްރަކްޝަނުން ތަރައްޤީކުރާ މަތީ ފެންވަރުގެ ކޮންޑޮމިނިއަމް މަޝްރޫޢު، "އެސްޖޭ ދިހެރެޔާ ރެސިޑެންސް" އިން އެޕާޓްމަންޓްތައް ބުކްކުރުމުގެ ފުރުޞަތު ރަސްމީކޮށް ހުޅުވާލައިފިއެވެ. މި މަޝްރޫޢަކީ ގްރޭޓަރ މާލެ ސަރަޙައްދުގައި ޒަމާނީ ވަސީލަތްތަކާ އެކު، އެކަށީގެންވާ އަގެއްގައި ފަސޭހަކަމާއެކު ދިރިއުޅެވޭނެ ބޯހިޔާވަހިކަމުގެ ފުރުޞަތު ހޯދަން ބޭނުންވާ ފަރާތްތަކަށާއި އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ހުޅުމާލޭގެ ހުޅަނގު ފަރާތު ފަޅަށް ވާގޮތަށް ބިނާކުރާ މި ރެސިޑެންސްގެ ސަބަބުން، މާލޭގެ ސްކައިލައިނާއި ކަނޑުގެ މަންޒަރުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ މަތިންދާބޯޓުތަކާއި ފަޅުތެރޭގެ އުޅަނދުފަހަރުގެ ހިތްގައިމު މަންޒަރުތައް ފެންނާނެއެވެ. މީގެއިތުރުން ހަވީރުގެ އިރުއޮއްސޭ މަންޒަރު ބަލާލެވޭ ފަދަ ހިތްގައިމު މާޙައުލެއް ލިބިގެންދާއިރު، މިއީ ޤުދުރަތީ ރީތިކަމާއި ސިޓީ ދިރިއުޅުމުގެ ލުއިފަސޭހަކަން އެއްކޮށްލައިގެން ފަރުމާކޮށްފައިވާ އިމާރާތެކެވެ.
މި އިމާރާތް ހުންނަ ސަރަޙައްދުގެ ގޮތުން ހުޅުމާލެ ފެރީ ޓާމިނަލް، ސެންޓްރަލް ޕާކް، ޓްރީ ޓޮޕް ހޮސްޕިޓަލް، އަދި ހުޅުމާލޭގެ އާންމު ބީޗަށް ފަސޭހައިން ދެވޭނެއެވެ. އަދި ކައިރީގައި ސްކޫލްތަކާއި ސުޕަމާކެޓްތަކާއި މިސްކިތްތަކާއި ރެސްޓޯރެންޓްތައް ފަދަ ޒަރޫރީ ޚިދުމަތްތައް ލިބެން ހުންނާނެ ކަމަށް އެސްޖޭ ކޮންސްޓްރަކްޝަނުން މަޢުލޫމާތުދެއެވެ.
ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި މި ކޮންޑޮމިނިއަމްގައި ޒަމާނީ އެތައް ވަސީލަތްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ވަށައިގެންވާ މަންޒަރުތައް ފެންނަ ގޮތަށް ހަދާފައިވާ އިންފިނިޓީ ސްވިމިންގ ޕޫލް، ޒަމާނީ ޖިމް، އަދި އިޖުތިމާޢީ އެއްވުންތަކަށް ޚާއްޞަ ޓެރަސް ހިމެނެއެވެ. އަދި ބޭސްމަންޓް ޕާކިންގގެ އިތުރުން 24 ގަޑިއިރުގެ ސެކިއުރިޓީއާއި ކޮންމެ ފަންގިފިލާއަކުން ކުނި އުކާލެވޭނެ 'ގާބޭޖް ޝޫޓް' ނިޒާމު ވެސް ހުންނާނެއެވެ.
މި މަޝްރޫޢަކީ ދާއިމީކޮށް ދިރިއުޅޭނެ އަމިއްލަ ގެދޮރު ހޯދަން އެދޭ ފަރާތްތަކަށާއި، ހުޅުމާލޭގެ ރިއަލް އެސްޓޭޓް ދާއިރާއިން އިންވެސްޓްމަންޓް ފުރުޞަތު ހޯދަން ބޭނުންވާ ފަރާތްތަކަށް ވެސް ރަނގަޅު ފުރުޞަތެކެވެ. ރާއްޖޭގެ ކޮންސްޓްރަކްޝަން އަދި ޕްރޮޕަޓީ ޑިވެލޮޕްމަންޓް ދާއިރާގައި 1996 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ އެސްޖޭ ކޮންސްޓްރަކްޝަނުން ބުނި ގޮތުގައި، މި އިމާރާތުން އެޕާޓްމަންޓް ބުކްކުރުމުގެ ފުރުޞަތު މިހާރު ވަނީ އެ ކުންފުނީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ހުޅުވާލާފައެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށާއި ބުކިންގ ހެއްދެވުމަށް 3300665 ނުވަތަ 7781995 އަށް ގުޅުއްވުމަށް، ނުވަތަ ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ އެސްޖޭ މޯލްގައި ހިންގާ އެ ކުންފުނީގެ އޮފީހަށް ޒިޔާރަތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން އެދެއެވެ.