ހުޅުމާލޭގައި ހަދަން ނިންމާފައިވާ 50 އެނދުގެ ނަފްސާނީ ބަލިތަކަށް ހާއްސަ ސްޕިޓަލެއް އިމާރާތްކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މި މަޝްރޫޢަކީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުން ކުރިއަށް ގެންދާނެ ޕްރޮޖެކްޓެއް ކަމަށެވެ. އަދި މަޝްރޫއު ކުރިއަށްދާނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ވެސް އެއްގޮތްވާ ގޮތަށެވެ.
މި ހޮސްޕިޓަލް އިމާރާތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 20 އާ ހަމައަށެވެ. ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި އަނބުރާ ނުލިބޭ 1،500 ރުފިޔާ ނުވަތަ 100 އެމެރިކާ ޑޮލަރު ދައްކަން ޖެހެ އެވެ.
މީގެ އިތުރުން މި ބީލަމުގެ ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 864,000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ބީލަން ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 25 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގެ ކުރިންބ ނެވެ. އަދި ބީލަން ހުޅުވު އޮންނާ އަން މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 11:00 ގައެވެ.
ބީލަން ހުށަހަޅަން ޖެހެނީ ބީލަން ޕޯޓަލް beelan.finance.gov.mv މެދުވެރިކޮށެވެ.