ާބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު: ފޮޓޯ: ޖުމްލަ ސްޓޫޑިއޯ

އެމްޑީޕީއިން ކުޅުދުއްފުށީގައި ޖަލްސާ ބާއްވަނީ މާލެއިން ނުކުންނާނެ މީހުން ނުވާނެތީ: އެމްޕީ ސުޖާ

މުހައްމަދު ހަމީޒް
 
7 ދުވަސް ކުރިން

އެމްޑީޕީއިން މާލޭގައި ޖަލްސާ ނުބާއްވަނީ ނުކުންނާނެ މީހުން ނެތިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަދި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ނައިބް ރައީސް ސުޖާ ވިދާޅުވެއްޖެއެވެ.

ސުޖާ މިހެން ވިދާޅުވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ. މީގެ އިތުރުން ސުޖާ ވިދާޅުވީ އެމްޑީޕީގެ ކުޅުދުއްފުށީގައި ބާއްވާ ޖަލްސާއަށް 250 މީހުން ގެންގޮސްފަިވާ ކަމަށެވެ. 

އެންމެ ފަހުން އެމްޑީޕީއިން ބޭއްވި ޖަލްސާއެއްގައި އެމްޑީޕީ އޮތީ ގަދަކޮށް އެކުގައި ކަމަށް ބުނެފައިވާތީ، ސުޖާ ވަނީ އެކްސްގައި އެކަމަށްވެސް ސުވާލު އުފައްދާފައެވެ.

އެމްޑީޕީއިން ބާއްވާ ޖަލްސާވަނީ މޫސުން ތަން ނުދިނުމުގެ ސަބަބުން ފަސްކޮށްފައެވެ.