ފުލުހުން ހަރަކާތްތެރިވަނީ

މާލޭ ގެސްޓް ހައުސް އެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

މަރްޔަމް ނިއުމާ
 
4 ދުވަސް ކުރިން

މާލޭގެ ގަލޮޅު ސަރަހައްދުގައި ހުންނަ ގެސްޓްހައުސްއެއްގައި ނ. ވެލިދޫ ފެހިވިލާގޭ އިބްރާހިމް ޝިފާދު (32 އަހަރު) ނިޔާވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ. 

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ މެންދަމު 2:15 ހާއިރު ކަމަށާއި  މައްސަލަ ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ހާމަކޮއްފައެވެ. މި މައްސަލައިގެ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އިބްރާހިމް ޝިފާދު އެ ގެސްޓްހައުސްއިން ކޮޓަރި ކުއްޔަށް ހިފާފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. 

 ބުދަ ދުވަހުގެ ހެނދުނު އޭނާ ގެސްޓްހައުސްގައި އުޅުނު ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ. ގެސްޓްހައުސްގެ މުވައްޒަފުންނަށް އޭނާގެ ޚަބަރެއް ނުވުމުން، އެ ކޮޓަރި އަށް ވަދެ ބެލި އިރު އިބްރާހިމް ޝިފާދު ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ހުރި ކޮޓަރީގެ ފާޚާނާ ތެރެއިންނެވެ.

އަދި ފެނުނުއިރު އޭނާގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ހަރުވެފައި ކަމަށް މަޢުލޫމާތު ލިބެއެވެ.