ޝަހީދު ހުސެއިން އާދަމް ބިލްޑިން. / ފޮޓޯ: އަވަސް

މިދިޔަ މަހު އެންމެ ގިނައީ ވައްކަމުގެ މައްސަލަ!

މަރިޔަމް ސަމްހާ
 
5 ދުވަސް ކުރިން

މިދިޔަ ޖޫން މަހު ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫން މަހު ޖުމުލަ 961 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ވައްކަމުގެ 288 މައްސަލަ ހިމެނެއެވެ. ދެވަނަ އަށް އެންމެ ގިނައީ އެކްސިޑެންޓުތަކުގެ މައްސަލަތަކަށް ކަމަށްވާއިރު، އެފަދަ 255 މައްސަލައެއް ހުށަހަޅާފައިވެއެވެ.

މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކަކީ:

  • ވައްކަން ކުރުން – 288 މައްސަލަ
  • ޓްރެފިކް އެކްސިޑެންޓް – 255 މައްސަލަ
  • މުދަލަށް ގެއްލުން ދިނުން – 40 މައްސަލަ
  • މަކަރާއި ހީލަތް ހެދުން – 34 މައްސަލަ
  • ޖިންސީ ގޯނާކުރުން – 20 މައްސަލަ
  • އަނިޔާ ކުރުން – 45 މައްސަލަ
  • ގެވެށި އަނިޔާ ކުރުން – 45 މައްސަލަ
  • ފޭރުން – 21 މައްސަލަ
  • ފޯޖް ކުރުން – 8 މައްސަލަ
  • މަސްތުވާތަކެއްޗާ ގުޅޭ – 162 މައްސަލަ
  • އެއްޗެހި ގެއްލުން – 67 މައްސަލަ

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން އާންމުކޮށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައްކަން ފާހަގަކުރެވެއެވެ.