މާލޭގައި ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ ރަހީނުކޮށްފައި ވަނިކޮށް ސަލާމަތްކޮށްފައި ވަނީ ބަންގްލަދޭސް ފިރިހެނެއް ކަމަށާއި އޭނާގެ ސިއްހީ ހާލަތު ހުރި ގޮތް ދެނެގަތުމަށް މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ،
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއްވެފައިނުވާ ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.