މަހުޒޫމާއި ޝިމަން ---

ޒުވާނުންގެ މުޒާހަރާގައި އިސްކޮށް އުޅުނު މަހުޒޫމާއި ޝިމަންއަށް ދައުވާކޮށްފި

މޫސާ އަލީ
 
4 ދުވަސް ކުރިން

މިދިޔަ 18 އޭޕްރީލްގައި ހ. މީޓާޒުގޭ ގުދަނުގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ގޮވާލައި ޒުވާނުން އިސްވެ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި އިސްކޮށް އުޅުނު އަބްދުﷲ މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ދައުވާކޮށްފި އެވެ.

އެ ހާދިސާގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ކުރި ސިލްސިލާ މުޒާހަރާގެ ތެރެއިން ޝިމަން އާއި މަހްޒޫމް ހައްޔަރުކޮށް ތިން ދުވަހަށް ބަންދު ވެސް ކުރި އެވެ. 

އޭގެ ފަހުގައި ދެ މީހުން ދޫކޮށްލާފައިވާއިރު ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ނިންމައި ކްރިމިނަލް ކޯޓަށް  މިހާރު ވަނީ ހުށަހަޅައިފައެވެ. 

ޕީޖީން ބުނި ގޮތުގައި މަހްޒޫމްގެ މައްޗަށް ދައުވާކޮށް އަނިޔާއެއް ކުރުމުގެ ދައުވާއެވެ. އޭގެ ސަބަބަކީ، ނަނީ މުޒާހަރާކުރަމުންދިޔަ ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން އަޑުގަދަކުރާ ނެގި ވަގުތު، މަހްޒޫމް ފުލުހެއްގެ މޭ މަތީގައި ކަނާއަތުން އަޅައި ކޮއްޕާލާފައިވާތީއެވެ. އެ ކުށުގެ  އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހައެވެ. 

ޝިމަންގެ މައްޗަށް ދައުވާކޮށްފައިވަނީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ. އެ ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުއެވެ.