ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މުދާ އެތެރެކުރަން ޓީޓީ ހަދަން ބޭނުންވާ ޑޮލަރު ފޯރުކޮށްދޭ އަދަދު، ބީއެމްއެލް އިން 30 ޕަސެންޓަށް އިތުރުކޮށްފި އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ، ކުދިމެދު ވިޔަފާރީތަކުން ޑޮލަރު ހަދަން ޓީޓީތަކަށް މިހާތަނަށް ދޫކުރި ފަސް ޕަސެންޓް ކަމަށާއި ނަމަވެސް އެ އަދަދު 30 ޕަސަންޓަށް އިތުރުކޮށްފައިވާ ކަމަށެވެ.
ބަދުރުއްދީން ވިދާޅުވީ، އެ އަދަދު އިތުރުކުރީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބީއެމްއެލަށް ވިއްކާ ޑޮލަރު އިތުރުކުރުމުން ކަމަށެވެ.
ނަމަވެސް މިހާރު މި އަދަދު 30 ޕަސެންޓަށް އިތުރުކޮށްފައިވާ ކަމަށެވެ.
"ކިތަންމެ ބޮޑު ޓީޓީއެއްނަމަވެސް ބީއެމްއެލުން މި 30 ޕަސެންޓް (ޓީޓީތަކަށް ދޫކުރާ) ދޭނެ،" ބަދުރުއްދީން ވިދާޅުވި އެވެ.
ބަދުރުއްދީން ވިދާޅުވީ ބީއެމްއެލްގެ އަމާޒަކީ އެ އަދަދު އަދިވެސް އިތުރުކުރުން ކަމަށެވެ.