ކަމަދޫގައި ސީޕްލޭންގެ ހިދުމަތް ފަށަން މޯލްޑިވިއަނުން ހޯކްސްއާއެކު ސޮއިކުރުން -- ފޮޓޯ: ރައީސް އޮފީސް

ކަމަދޫގައި ސީޕްލޭންގެ ހިދުމަތް ފަށަން މޯލްޑިވިއަނުން ހޯކްސްއާއެކު ސޮއިކޮށްފި

މުހައްމަދު ހަމީޒް
 
11 ދުވަސް ކުރިން

ބ. ކަމަދުއަށް ސީޕްލޭންގެ ހިދުމަތް ފަށަން މޯލްޑިވިއަނުން ހޯކްސްއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި ހިދުމަތް ފަށަން ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތެވެ.

މި މަޝްރޫއުގައި މޯލްޑިވިއަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ. ހޯކްސް ފަރާތުން ސޮއި ކުރެއްވީ ހޯކްސް ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން އަމާން އެވެ.