މިކަން އިޢުލާން ކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެރަށުގެ ކައުންސިލާ ބައްދަލުކުރެއްވުމުގެތެރެއިންނެވެ. ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވަނީ ރައްޔިތުންގެ އެދުމާއި އެއްގޮތަށް މި ނިންމުން ނިންމާފައިވާ ކަމަށް ރައީސް މުޢިއްޒަށް ދަންނަވާފައެވެ.
މިއީ ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމުގައި ކައުންސިލެއްގެ ފަރާތުން ޖަޒީރާ ވަންތަކަން ނުގެއްލޭނެ ގޮތަށް ނިންމި ފުރަތަމަ ނިންމުން ކަމަށްވާއިރު، މި ނިންމުމަށް ގިނަ ބައެއްގެ ތާއީދު ލިބެމުންދާކަން ފާހަގަކުރެވެއެވެ.
ރަށްރަށުގެ މަގުތައް ތަރައްޤީ ކުރުމުގައި ތާރު އެޅުމާއި ގާ އެތުރުމާއި ދެކޮޅަށް މީސްމީޑިއާގައި އެންމެ ބޮޑަށް ވާކާލާތު ކުރައްވަމުން ގެންދަނީ އެ އަތޮޅު ކުޑަރިކިލުގެ ޒުވާން އެކްޓިވިސްޓް ލޫކަސް އެވެ.
ރާއްޖޭގެ ޖަޒީރާ ވަންތަ ރަށްފުށުގެ އިހުސާސް ގެއްލިގެން ދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ނޭދެވޭ އަސަރެއް ކުރާނެ ބިރުވެރިކަމެއް ކަން ފާހަގަކުރެވޭއިރު، މި ނިންމުމަކީ އެހެން ރަށްރަށަށްވެސް ނަމޫނާއެއް ކަމުގައި ބަލަަންޖެހޭ ކަމެއް ކަމަށް ގިނަ ބ އަތޮޅުގެ ޒުވާނުން ފާހަގަ ކުރެއެވެ.
ކަމަދޫގެ މި ނިންމުމަކީ ރާއްޖޭގެ ރަށްތަކުގެ ތަރައްޤީގައި އައު ބަދަލެއްގެ ފެށުމެއް ކަމަށް ބެލެވެއެވެ. އަދި ރަށްރަށުގެ ޖަޒީރާ ވަންތަކަން ދެމެހެއްޓުމަށް އިތުރު ރަށްތަކުންވެސް މިފަދަ ނިންމުންތައް ނިންމާނެ ކަމަށް އުއްމީދު ކުރެވެއެވެ.