ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތުގެ ތެރެއިން | ފޮޓޯ: ރައީސް އޮފީސް

ގިރާވަރުފަޅު ހިއްކަން ފަށައިފި

މުހައްމަދު ހަމީޒް
 
5 ދުވަސް ކުރިން

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު ފަށާފައިވާ ކަމަށެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމަށްވެސް ބޭނުންކުރި ޑްރެޖަރުތަކުންނެވެ.

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާއިރު ގިރާވަރުފަޅުން 4،072 ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ.

ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ބިމުގެ ސަރަޙައްދުތަކަށް ބަދަލު އަންނާނެތީ، އައު ލޮޓް ނަންބަރުތައް ކަނޑައެޅުމަށް އަލުން ގުރުނެގުން މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ގިރާވަރުފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލު

1،250 އަކަފޫޓުގެ 2،603 ގޯތި

1،650 އަކަފޫޓުގެ 1،214 ގޯތި

2،050 އަކަފޫޓުގެ 254 ގޯތި

2،450 އަކަފޫޓުގެ 01 ގޯތި

މި ގޯތިތަކުގެ ގުރު ނެގުން އޮންނާނީ މާދަމާ ހެނދުނު 9:30 ގައި ސޯޝަލް ސެންޓަރުގަ އެވެ.