ދިވެހި ރާއްޖޭހެ ފުޓްސަލް ޓީމް --

ޤައުމީ ފުޓްސަލް ޓީމާށް އެއް މިލިޔަން ރުފިޔާ ދިނުމަށް ރައީސް ނިންމަވައިފި

މުހައްމަދު ހަމީޒް
 
9 ދުވަސް ކުރިން

ރާއްޖޭހެ ޤައުމީ ފުޓްސަލް ޓީމާއި ޤައުމީ ފުޓުބޯޅަ ޓީމުން ހޯދި ކާމިޔާބީ ފާހަގަ ކުރައްވާ ޤަައުމީ ޓީމުތަކަށް އެއް މިލިޔަން ރުފިޔާގެ ބޯނަހެއް ދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢު ވިދާޅުވި ގޮތުގައި ތައިލެންޑްގައި ކުރިއަަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ޤަައުމީ ފުޓްސަލް ޓީމުން ކާމިޔާބު ކޮށްފައިވާތީ އާއި މިދިޔަ އަހަރު ސްރީލަންކާގައި އޮތް ސުޕަ ކަޕްގެ ޗެންޕިއަންކަން ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ހޯދާފައިވާތީ އެއް މިލިޔަން ރުފިޔާގެ ބޯނަހެއް ދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފަ އެވެ.

ޕީއެސްއެމަށް ދެެއްވި ބަސްދީގަތުގައި ވަޒީރު ވިދާޅުވި ގޮތުގައި ބޯނަހެއްގެ ގޮތުގައި މި ފައިސާ ހުރިހާ ކުޅުންތެރީންނާއި އޮފިޝަލުންނަަށް ދެެއްވަން ރައީސް ވަނީ ނިންމަވާފަ އެވެ. އެ ފައިސާ ފުޓްބޯޅަ އެސޯސިއޭޝަން މެދުވެރިިކޮށް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

ދިވެހި ޤައުމީ ޓީމު ލަންކާގައި އޮތް މުބާރާތުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު ދެވަނަ ދުވަހު ގައުމީ ޓީމާއެކު ސިޓްރޮން ރެސްޓޯރެންޓުގައި ބައްދަލު ކުރައްވާފަ އެވެ. ޤައުމީ ޓީމަށް ބޯނަހެެއް ދެއްވަން ރައީސް ނިންމެވީ މި ބައްދަލުކުރެއްވުމެއްގައި ކަމަށް ވެެސް ވަޒީރު ވިދާޅުވި އެވެ.

ސްރީލަންކާގައި އޮތް ސުޕަ ކަޕްގެ ޗެންޕިއަންކަން ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ހޯދިއިރު ތައިލެންޑްގައި ކުރިއަަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ޤަައުމީ ފުޓްސަލް ޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ. މިއީ ވަރަށް ތާރީޚީ ކާމިޔާބީ އެކެވެ.

ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބު ކުރީ ހުރިހާ ޓީމުތައް ބަލިކުރުމަށް ފަހު އެއްވެސް މެޗަކުން ބަލިނުވެ ބާކީ އެއްމެޗު ކުރިއަށް އޮއްވަ އެވެ.