ފަޔަރ ޓްރަކް ހޮޅިއެއް ފަޅައިގެންގޮސް ފުވައްމުލަކް އެއާޕޯޓް ވަގުތީގޮތުން ހުއްޓުމަކަށް އަތުވެއްޖެއެވެ.
ފުވައްމުލަކް އެއާޕޯޓްގެ އޮޕަރޭޝަން ވަގުތީގޮތުން ހުއްޓުމަކަށް އައުމާއި އެކު މޯލްޑިވިއަނުން ފުވައްމުލަކަށް ކުރަމުން އައި ދަތުރުތައް ވަގުތީގޮތުން ހުއްޓުމަކަށް އައިސްފައިވާކަމަށެވެ.
މޯލްޑިވިއަނުންވަނީ މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ އަރިހުން މާއާފަށް އެދިފައެވެ. އަދި އެހީއެއް ބޭނުންނަމަ 1671 އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ.