ތ ވިލުފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ 65 ހެކްޓަރު ހިއްކާ ނިމިއްޖެ

ތ ވިލުފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ 65 ހެކްޓަރު ހިއްކާ ނިމިއްޖެ: އެމްއޭސީއެލް

މުހައްމަދު ހަމީޒް
 
6 ދުވަސް ކުރިން

ތ ވިލުފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ 65 ހެކްޓަރު ހިއްކާ ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން ހިއްކުމަށް ކަނޑައެޅިފައިވާ ޖުމްލަ 81 ހެކްޓަރުގެ ބިމުގެ ތެރެއިން، މިހާތަނަށް 65 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ.

މިއީ މުޅި މަޝްރޫޢުގެ އަމަލީ މަސައްކަތުގެ ގާތްގަނޑަކަށް 80 އިންސައްތައެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ 11,300 ކިއުބިކް މީޓަރުގެ ބޮޑުމިނުގެ ތަކެތި އުފުލުމުގެ ގާބިލުކަން ހުރި ފިލީޕޯ ބްރުނެލެސްކީ ކޮންނަބޯޓު ބޭނުންކޮށްގެން ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާއިރު، އެމް.އޭ.ސީ.އެލް އިން މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 14 ނޮވެމްބަރު 2025 ގައެވެ.