ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓޫ | ފޮޓޯ: އެމްއޭސީއެލް

ވީއައިއޭއަށް މިއަދު 11،000 ފަސިންޖަރުން އަންނާނެ ކަމަށް ލަފާކޮށްފި

މުހައްމަދު ހަމީޒް
 
1 މަސް ކުރިން

އެމްއޭސީއެލްއިން ފޮނުވި މެސެޖްގައި އެދުނީ މިއަދަކީ އެއާޕޯޓަށް ވަރަށް ބާރު ބޮޑުވާނެ ދުވަހެއް ކަމަށާއި އެހެންވެ ތޮއްޖެހުން ކުޑަކުރަން އެންމެން ވެސް ރަނގަޅަށް ހަރަކާތްތެރިވުމަށެވެ.

މީގެ އިތުރުން އެމްއޭސީއެލް އިން ބުނީ، އާ ޓާމިނަލަށް މިއަދު 10،500 ފަސިންޖަރުން އަންނާނެ ކަމަށާއި ޓާމިނަލް ދޭކަށް (ބާ ޓާމިނަލް)އަށް 600 ފަސިންޖަރުން އަންނާނެ ކަަމަށް ލަފާކުރާކަމަށެވެ. އެހެންކަމުން މިއަދު ރާއްޖޭގެ މައި އެއާޕޯޓަށް 11،000 ފަސިންޖަރުން އަންނާނެ ކަމަށް އެމްއޭސީއެލް  އިން ލަފާކުރެ އެވެ.

އާންމު ގޮތެއްގައި އަހަރުގެ މިދުވަސްތަކަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަރަށް ބާރުބޮޑު ދުވަސްވަރެކެވެ.