ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް

ވީއައިއޭގައި ކާގޯ އޮފީސް ހިންގާނެ ފަރާތެއް ހޯދަނީ

މުހައްމަދު ހަމީޒް
 
5 ދުވަސް ކުރިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް އިމާރާތްކޮށްފައިވާ ޓާމިލަންގައި ކާގޯ އޮފީސް ހިންގާނެ ފަރާތް ހޯދަން މިއަދު އިއުލާކޮށްފިއެވެ. 

އެމްއޭސީއެލް އިން އިއުލާން ކޮށްފައިވާ ގޮތުން އޮފީސް ހިންގަން ކުރިމަތިލެވޭނީ އެމްއޭސީއެލްގައި ކާގޯ އެއާލައިނެއްގެ ގޮތުގައި ނުވަތަ ނުވަތަ ކާގޯ ސޭލް އެޖެންޓެެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުރުން، ކަސްޓަމްސްގައި ކްލިއަރެންސް އެޖެންޓެއްގެ ގޮތުގައި ނުވަތަ ބްރޯކަރެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެކަމަށް އެމްއޭސީއެލްއިން ކުރި އިއުލާނުގައި ބުނެފައިވެއެވެ. 

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ (ޖުލައި 20) ދުވަހުގެ ކުރިން އެމްއޭސީއެލްގެ "ޓެންޑާ ޕޯޓަލް" މެދުވެރިކޮށް ޝައުގު ވެރިކަން ފާޅުކުރަން ވާނެއެވެ.

ޓެންޑާ ޕޯޓަލް އާއި ބެހޭ އިތުރު މައުލޫމާތު އެމްއޭސީއެލްގެ ހޮޓްލައިން ނަންބަރު 7981289 އަށް ގުޅުމުން ލިބިގެންދާނެއެވެ.