ވަގުތީ ގޮތުން އެއާޕޯޓުގެ ޕާކިން ބޭނުން ކުރުން މަނާ ކޮށްފި

މުހައްމަދު ހަމީޒް
 
2 ދުވަސް ކުރިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތައްޔާރީތަކާ ގުޅިގެން، އެއާޕޯޓުގެ ޕާކިން ޒޯންތަކުގައި ވަގުތީ ގޮތުން ޕާކުކުރުން މަނާކޮށްފިއެވެ.

މިކަމާއި ގުޅިގެން އެމްއޭސީއެލް އިން ނެރުނު ބަޔާނުގައި ބުނެފައިވަަނީ، ބުރާސްފަތި ދުވަހުން އެއާޕޯޓުގެ އިރުމަތީ ފަރާތު ޕާކިން ޒޯނުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކުކުރުން މަނާކުރެވޭނެއެވެ. އަދި ހުޅަނގު ފަރާތު ޕާކިން ޒޯނުގައި ބުރާސްފަތި ދުވަހުގެ ހަވީރު 6:00 ގެ ފަހުން އެއްވެސް އެއްގަމު އުޅަނދެއް ޕާކުކުރުން މަނާ ކުރެވޭނެއެވެ.

މީގެ އިތުރުން، އިރުމަތީ ފަރާތު ޕާކިން ޒޯނުގައި ޕާކުކޮށްފައިވާ ހަތަރު ފުރޮޅުލީ އުޅަނދުތަކުގެ ވެރިފަރާތްތަކުން ނުވަތަ އުޅަނދު ބެލެހެއްޓުމާ ހަވާލުވެ ތިބި ފަރާތްތަކުން އެ އުޅަނދުތައް ނެގުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިކަމާއި ގުޅިގެން ޕާކިން ޒޯންތަކުގެ ހިދުމަތް ހޯދަމުން ގެންދަވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެމްއޭސީއެލްއިން ވަނީ މަޢާފަށް އެދިފައެވެ. އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 26 ޖުލައި 2025 ގައެވެ.