ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް

ބަންޑާރަ ނާއިބުގެ އޮފީހުގެ މަސައްކަތް ބޭނުންވާ ސްޕީޑްގައި ނުކުރެވޭ: ނާޒިމް

މަރްޔަމް ނިއުމާ
 
12 ދުވަސް ކުރިން

ބަންޑާރަނައިބުގެ އޮފީހުގައި އެކަށީގެންވާ ފެންވަރުގެ ޤާނޫނީ ވަކީލުންނާއި މުވައްޒަފުން މަސައްކަތް ނުކުރާ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި، ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގެ ތެރޭގައިމަޖިލީހަށް ހުށަހަޅަން ޖެހޭ ބިލްތަށް ހުށަނޭޅި ލަސް ވަމުންދާކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެ އޮފީސް ހިނގަނީ ބޭނުންވާ ސްޕީޑުގައި ނޫން ކަމަށެވެ.

 "އަޅުގަޑުމެންނަށް ބަންޑާރަ ނާއިބްގެ އޮފީހުގެ އަޅުގަނޑު ބޭނުންވާ ސްޕީޑްގައި ހިގަމުން ނުދާކަން އަޅުގަޑުމެންނަށް އެބަ އިނގޭ" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ކުރިން ސިވިލް ސާވިސްގެ މުސާރައިގެ އޮނިގަނޑުގެ ސަބަބުން ޤާބިލު މުވައްޒަފުން ހޯދުމަށް ދަތިވާ ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވެސް ވަނީ ފާހަގަކުރައްވާފައެވެ. 

އަދި ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށް ގިނަ ޤާނޫނުތަކަކަށް ބަދަލު ގެންނަންޖެހޭ ކަމަށާއި، ޚާއްޞަކޮށް މަދަނީ އިޖުރާއަތުގެ ޤާނޫނު ތަންފީޒުކުރެވިފައިވާ ގޮތާމެދު ކަންބޮޑުވުން ހުރި ކަމަށް ވިދާޅުވިއެވެ.

 މިދިޔަ މެއި މަހުގެ ރައީސުލްޖުމުހޫރިއްޔާ ތަސްދީގުކުރެއްވި ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނުގެ އިސްލާހާއެކު މިހާރު އޭޖީ އޮފީސް ވަނީ ސިވިލް ސާވިސްއިން ވަކިކޮށްފައެވެ. 

މީގެ އިތުރުން މިއަދުގެ ބިލަށް ބަހުސް ކުރައްވަމުން އިދިކޮޅު އެމްޑީޕީ ގެ މެމްބަރުން ވަނީ ބިލްތައް ބައިބަޔަށް ފާސްކުރަން ޖެހޭ ކަމަށް ވިދާޅުވެ ކަން ބޮޑުވުން ފާޅުކޮށްފައެވެ.