ފެންޒީ ވިލާ ގެސްޓުހައުސްގެ އެތެރެ | ފޮޓޯ: ޕެންޒީ ވިލާ

ދިވެހީންނަށް ހާއްސަކޮށްގެން ކުޅުދުއްފުށި ސިޓީގައި ޒަމާނީ ގެސްޓު ހައުސްއެއް ހުޅުވައިފި

މޫސާ އަލީ
 
13 ދުވަސް ކުރިން

ދިވެހީންނަށް ހާއްސަކޮށްގެން ކުޅުދުއްފުށި ސިޓީގައި ޒަމާނީ ގެސްޓު ހައުސެއް ހުޅުވައިފިއެވެ.  

"ޕެންޒީ ވިލާ" ގެ ނަމުގައި މިދިޔަ ހޮނިހިރު ދުވަހު ހުޅުވި އެ ގެސްޓު ހައުސްއަކީ ފަސް ކޮޓަރީގެ ގެސްޓު ހައުސެކެވެ. ގެސްޓު ހައުސްގެ އިންޓީއާ އާއި ކޮޓަރިތައްވެސް ފަރުމާކޮށްފައި ވަނީ، "އެސްތެޓިކް ލުކެއް" ލިބޭ ގޮތަށް ޒަމާނީ ފަރުނީޗަރު ބޭނުންކޮށްގެންނެވެ.

ގެސްޓު ހައުސްއަށް ހިލޭ ވައިފައި ލިބޭއިރު، ކޮޓަރިތަކުގެ ޖާގަވެސް ތަނަވަހެވެ. އަދި ކޮންމެ ފާހާނައެއްގައި ހުރީ ހީޓަރު ހަރުކޮށްފައެވެ.

ބަލާލަން ރީތި، "ޕެންޒީ ވިލާ" ގެ ކޮޓަރިތައް އުޅެނީ ރެއަކާ ދުވާލަށް 700-900ރ އާ ދެމެދުގެ އަގުތަކެއްގައެެވެ.

"ގެސްޓަކަށްވިޔަސް ދިވެއްސަކަށްވިޔަސް އަގަކަށް އެއްވެސް ބަދަލެއް ނާންނާނެ. ވަރަށް ފީސިބަލް އަގެއް އަޅުގަނޑުމެން ހަމަޖައްސާފައި މިހުރީ. ބޮޑަށް ހޯމް ސްޓޭ ކޮންސެޕްޓަށް މިތަން މި ތަރައްގީކުރީ،" ގެސްޓު ހައުސްގެ އޮފިޝަލަކު ވިދާޅުވިއެވެ.

"ޕެންޒީ ވިލާ" ހުޅުވައި ހިދުމަތް ދޭން ފެށިތާ ތިން ދުވަސްވީއިރު، މިއަދުވެސް އެ ގެސްޓުހައުސްގެ ކޮޓަރިތައް ހުރީ އެއްކޮށްހެން ބުކްކޮށްފައެވެ. ފާއިތުވި ދެ ދުވަހުވެސް ރޫމްތައް އުޅުނީ ފުލްކޮށެވެ. 

"ޕެންޒީ ވިލާ"ގެ ފޭސްބުކް/އިންސްޓްގަރާމް އެކައުންޓަށް މެސެޖުކޮށްގެންވެސް ކޮޓަރި ބުކް ކުރެވޭނެއެވެ. އަދި 7900992 / 7323230 އަށް ގުޅައިގެންވެސް ކޮޓަރި ބުކްކުރެވޭނެއެވެ.  

"ޕެންޒީ ވިލާ" ހުންނާނީ ކުޅުދުއްފުށި ސިޓީގެ އަމީނީ މަގު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ކުރިމަތީގައެވެ.

ކުޅުދުއްފުށީގައި ކޮންމެވެސް ވަރަކަށް ގެސްޓު ހައުސްގެ ވިޔަފާރި މިހާރުވެސް ކުރެއެވެ. 

ކުޅުދުއްފުށި ސިޓީއަކީ، ގުދުރަތީ ރީތިކަން އިންތިހާއަށް ލިބިގެންވާ ސިޓީއެެކެވެ. އެގޮތުން އެ ސިޓީގެ އެންމެ ހާއްސަ ކަމަކީ އެ ސިޓީގެ މަށި  ކުޅިއެވެ. އެ ކުޅިއަކީ، ފްލެމިންގޯ ދޭތެރެއަކުން އައިސް ޖައްސާ ކުޅިއެކެވެ. މިހާރުވެސް އެ ކުޅީގައި ފްލެމިންގޯ ދިރިއުޅެއެވެ. މީގެ އިތުރުން އެ ސިޓީގެ ހާލު ފޮޅި އާއި ތާރީހީ ބިނާތައްވެސް ގިނައެވެ. އަދި ރީތި ދޮންވެލި ގޮނޑުދޮށެއްވެސް އެ ސިޓީއަށް ލިބިގެންވެއެވެ.